Sunday, March 13, 2011

ސެޓްފިކެޓް 3 އިން އާރލީ ޗައިލްޑްހުޑް ކެއަރ އެންޑް ޑިވެލަޕްމަންޓްގެ ނިންމުން ފާހަގަކޮށްފި

މިކޯހަކީ 4 ޑިސެމްބަރ 2010 ގައި އުތުރު ސަރަހައްދުގެ ގައުމީ އިދާރާއާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނާއި ގުޅިގެން މިސަރަހައްދުގެ ޕްރީސްކޫލްތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ޅ. ޓީޗަރ ރިސޯސް ސެންޓަރ ގައި 4 މަސް ދުވަހުގެ މުއްދަތަށް ހިންގުނު ޕްރީ ސްކޫލް ޓީޗަރުން ތަމްރީންކުރުމުގެ ކޯހެކެވެ. 30 ދަރިވަރުން ބައިވެރިވި މިކޯސް ކާމިޔާބުކަމާއިއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. އަދި މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކޯހެކެވެ.

ކޯޑިނޭޓަރ އާމިނަތު ޢަބްދުﷲގެ ބެލެހެއެޓެވުމުގެ ދަށުން ކުރިއަށް ގެންދެވުނު މި ކޯހުގައި، ޗައިލްޑް ޑިވެލޮޕްމެންޓް، ލެންގުއޭޖް އެންޑް ލިޓްރެސީ، މެތަމެޓިކަލް ސްކިލްސް، މިޔުޒިކް އެންޑް މޫވްމެންޓް، ފައިން މޮޓޯރ ޑިވެލޮޕްމެންޓް، ގްރޮސް މޮޓޯރ ޑިވެލޮޕްމެންޓް، އިސްލާމް، ކްލާސް މެނޭޖްމެންޓްފަދަ މުހިއްމު ބައިތަކަށް ކިޔަވައިދިނުން އަމާޒުކުރެވިފައިވެއެވެ.

މިކޯސް ހިންގިފައި މިވަނީ އުތުރު ސަރަހައްދުގެ ގައުމީ އިދާރާއިން ކޯހަށް ހިނގި ހުރިހާޚަރަދެއް ދެއްވައިގެންނެވެ. އެގޮތުން ކޯހުގެ ޚަރަދުގެ ގޮތުގައި (150000.00) އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

No comments:

Post a Comment